IUM Library
04/06/2026
30 މާރިޗު 2026ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) ގެ ކުތުބުޚާނާއާއި ދިވެހިބަހުގެ އެކެޑަމީއާކު މަޝްވަރާ ބައްދަލުވުމެއް ވަނީ ބޭއްވިފައެވެ. މި ބައްދަލުވުމުގައި ދިވެހިބަހުގެ އެކެޑަމީއިން ޝާއިޢުކުރާ ފޮތްތަކާއި މަސައްކަތްތައް އައި.ޔޫ.އެމް ކުތުބުޚާނާއާ ހިއްސާކުރުމާ ގުޅޭގޮތުން، ދެ މުއައްސަސާގެ ދެމެދުގައި ފަހުމުނާމާއެއް (އެމްއޯޔޫ) އެކުލަވާލުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
މި ބައްދަލުވުމުގައި ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެކެޑަމީގެ ރައީސް އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދު، ނައިބު ރައީސް އަލްފާޟިލާ ޒުލްފާ އިބްރާހީމް، ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ނާހިދާ ޢަލީ، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލް މުޙައްމަދު ނާޒިމް އަދި ލައިބްރޭރިއަން އާމިނަތު ޝާޒިނާއެވެ.
އައި.ޔޫ.އެމްގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެކަޑަމިކް ޑިރެކްޓަރ، ލޯކަލް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް އަލްއުސްތާޛު ޙާތިމް ޔޫސުފް، ޗީފް ލައިބްރޭރިއަން ފާޠިމަތު ނަޝާތު، ސީނިއަރ ލައިބްރޭރިއަން ޢަފާފް ޢަބްދުއްސައްތާރު އަދި ސީނިއަރ ލައިބްރޭރިއަން ޙަލީމަތު ޝުހުދާއެވެ.
މި ފަހުމުނާމާގެ ސަބަބުން ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެ، ވަސީލަތްތައް ޙިއްޞާކޮށް، އަގުހުރި ޢިލްމީ ވަސީލަތްތައް ދިރާސާކުރާ ފަރާތްތަކަށާއި އާންމުންނަށް ފަސޭހަކަމާއެކު ލިބިގެންދާނެ މަގު ތަނަވަސްވެގެންދާނެއެވެ.
Islamic University of Maldives - IUM
Dhivehibahuge Ekedamee
02/06/2026
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ އިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރެއްވުން
ހަދިޔާ ކުރައްވާފައިވާ ފޮތް:
ކީރިތި ޤުރްއާނާއި ސުންނަތުގެ އަލީގައި ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރާނެ ގޮތާއި އަލްމަސްޖިދުއްނަބަވީއަށް ޒިޔާރަތްކުރުން
މި ފޮތަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދި ނަބިއްޔާ ﷺގެ މިސްކިތަށް ޒިޔާރަތްކުރުމުގެ ޙުކުމްތަކާ ގުޅޭގޮތުން ކީރިތި ޤުރުއާނާއި ނަބިއްޔާ ﷺގެ ސުންނަތާއި އެކަލޭގެފާނުގެ މަތިވެރިވެގެންވީ ޞަޙާބީންގެ ޢަމަލުފުޅުތަކާއި އަދި އިސްލާމީ އުންމަތުގެ ޢިލްމުވެރީން އެއްބަސްވެވަޑައިގެންފައިވާ ގޮތުގެ މައްޗަށް ބިނާކޮށް ޚުލާޞާ ގޮތެއްގައި އަލިއަޅުވައިލެވިފައިވާ ފޮތެކެވެ.
މި އަގުހުރި ހަދިޔާއަށްޓަކައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ޝުކުރުދަންނަވަމެވެ.
ފޮތުގެ ކެޓަލޮގް ރެކޯޑު ބެއްލެވުމަށް، library.ium.edu.mv އަށް ޒިޔާރަތްކޮށްލައްވާ!
Islamic University of Maldives - IUM
Ministry of Islamic Affairs & Endowments
01/06/2026
The Library conducted a Library Research Workshop on 11 April 2026, for our PhD students, organized by the Kulliyyah of Education.
The session was facilitated by the Chief Librarian, Ms. Fathimath Nashath. Students learnt effective use of academic databases, essential research skills, and best practices for navigating library resources .
We extend our appreciation to the PhD participants: Shuhudha Naseer, Shaheema Abdul Gayoom, Yumna Faiz, Salma Zuhair and Hussain Nashath Ibrahim for their participation.
Islamic University of Maldives - IUM
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Islamic University Of Maldives, Fahud Rasgefaanu Binaa
Male
Opening Hours
| Monday | 09:00 - 21:00 |
| Tuesday | 09:00 - 21:00 |
| Wednesday | 09:00 - 21:00 |
| Thursday | 09:00 - 21:00 |
| Saturday | 09:00 - 18:00 |
| Sunday | 09:00 - 21:00 |