Help Adyaan

Help Adyaan

Share

28/07/2024

1 year 8 Months after liver transplant sugery Baby Adyaan will be undergoing a second surgery for the muscle closing at BGS Gleneagles Hospital Today (29/07/2024) morning.kind request from our little family from everyone to pray for our little Hero 🤲 on this surgery.

Photos from Help Adyaan's post 25/12/2023
Photos from Help Adyaan's post 20/12/2023

އަޅުގަނޱުގެ ދަރިފުޅު(ނޫޙް އަދްޔާން ޝުޢައިބް) އަކީ 2022/11/21 ލިވާ ޓުރާންސް ޕުލާންކޮށްފައިވާ ކުއްޖެކެވެ.އޮޕަރޭޝަން އަށް1އަހަރު ފަހުން sheath closure އޮޕަރޭޝަން އަށް ދިއުމަށް ޱޮކްޓަރު ވަނީ އިރުޝާދު ދެއްވާފައެވެ. ރާއްޖެއިން ބޭރަށް ދިއުމަށް އާސަންދަ ވަނީ ހަމަޖެހިފައެވެ. ބޭސްފަރުވާއަށް އާސަންދަ ލިބުނު ކަމުގައި ވިޔަސް އެކޮޅަށް ގޮސް ހުރުމާއި ކެއުމުގެ އިތުރުން ދަތުރު ފަތުރަށްވެސް ގިނަ ޚަރަދު ތަކެއްދާނެއެވެ.
ދެމަފިރިން ދިރިއުޅެނީ މާލޭގައި ކަމަށްވެފައި އަދި އިތުރު 2 ކުދިން ތިބޭ އިރު އެކުދިންގެ ހަރަދާއި ދިރިއުޅުމުގެ ހަރަދުތައްކޮށްފައި ދެކޮޅު ޖެހެނީ ކިރިޔާއެވެ.އެހެން ކަމުން އަޅުގަނޑުމެންނަކީ އެވަރުގެ މާލީ ގޮތުން ފުދުންތެރި ބަޔަކަށް ނުވާތީ އަޅުގަނޱުމެން އެދެނީ އަދްޔާންގެ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށްޓަކައި އާންމުންގެ ދީލަތި އެހީއަކަށެވެ.

ގުޅޭނެ ނަމްބަރު: 7992385 ފާތިމަތު ރަހުމާ (މަންމަ)

އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި ( 7717333620101 )Fathimath Rahuma.

އެކައުންޓް ނަމްބަރު: ބީއެމްއެލް ޑޮލަރު ( 7730000392722 )Fathimath Rahuma.

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.

(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

އަދި ވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

މާތްﷲ އަށްޓަކައި އެހީ ތެރިވެދެއްވާ! މާތްﷲ އަށްޓަކައި ކުރާ އެއްވެސް ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫން! 2 ދުނިޔޭގައި ވެސް މަތިވެރި ވެގެންވާ ސަވާބާއި ދަރުމަ ލިބޭނެ, إن شاء الله☝️❤

މިޕޯސްޓް ޝެއާ ކޮށް ދެއްވާ!

19/11/2022
Want your practice to be the top-listed Clinic in Male?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Male