ADH3Y
28/05/2026
މަކުނުދޫ އީދު ބޮނޑިއަކީ ވަރަށް ކުރީއްސުރެ ތައްޔާރުކުރަމުން އަންނަ ސަގާފަތާއި ގުޅިފައިވާ އެއްޗެކެވެ. ބޮނޑި ފިހެ ތައްޔާރުކޮއް އެ ފޮރުވުމުން ބޮނޑި ހޯދައިގެން އަތުލައިން ކެއުމެވެ. ވަގައް ގެންދާ ބޮނޑި އަށް ބަދަލު ދިނުން އޮންނާނެ އެވެ.
މަކުނުދޫ އީދު ބޮނޑިއަކީ ހަމައެކަނި ކެއުމެއް ނޫނެވެ. އެއީ އެ ރަށުގެ އައިޑެންޓިޓީ ނުވަތަ ވަކިވަތީގެ ބައެކެވެ.
EVAA EXPRESS
The tales of Vaikaradhoo 🏝️🌊🤍
-
-
-
އަތުނަނުގެ މަސްވެރިކަމަކީ ދިވެހިރާއްޖޭގައި ވަރަށް ގަދީމީ ޒަމާނުއްސުރެ ކުރަމުން އަންނަ، އަދި މިއަދުވެސް ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށްދާ މަސްވެރިކަމުގެ ބާވަތެކެވެ. މިއީ ތިމާވެއްޓާ ރައްޓެހި، އަދި މަހުގެ ކޮލިޓީ ހިފެހެއްޓުމަށް އެންމެ ރަނގަޅު އެއް ގޮތެވެ.
މިއީ ރާއްޖޭގައި އަތުނަނު ބޭނުންކޮށްގެން ކުރާ އެންމެ އާމްދަނީ
ބޮޑު އެއް މަސްވެރިކަމެވެ. ޚާއްޞަކޮށް ބޮޑުކަންނެލީގެ މަސްވެރިކަމުގައި ބޭނުންކުރަނީ އަތުނަނެވެ. މި މަސްވެރިކަމުގައި އާންމުކޮށް ބޭނުންކުރަނީ ދިރޭ އެން ނުވަތަ މަރުވެފައި ހުންނަ އެމެވެ.
🎣🐟🌊
Golden age memories like yesterday
-
-
-
ޅަދުވަހުގެ އެ އުފާވެރި ދުވަސްތަކުގެ ހަނދާންތަކަކީ ދުވަހަކުވެސް ހިތުން ފިލައިގެން ދާނޭ ކަންކަމެއް ނޫނެވެ. އަތިރިމަތީ ހުންނަ ބޮޑެތި ގަސްގަހަށް އަރާ، ގަހުގެ އޮފިތަކުގެ މަތީގައި އަށިގަނޑު ހަދައިގެން، ޖޯލި އެލުވައިގެން ކުރި މަޖާ ކުޅިވަރުތަކަކީ މިއަދު އަގުނުކުރެވޭނެ ހަނދާންތަކެކެވެ.
އެއްވެސް ފިކުރެއް ނެތި، ހަމައެކަނި ކުޅިވަރުގެ ތެރޭގައި ހޭދަކުރި އެ މައުސޫމު ދުވަސްތައް މަތިން މިއަދު ހާދަ ހަނދާންވެއެވެ. އެއީ ހާދަހާ ހިތްގައިމު، ފުރިހަމަ ދުވަސްތަކެކެވެ! 🌳✨
މަކުނުދޫގެ ހިތްގައިމު ކޯމަސްތައް! 🐬
މި ކޯމަސްތަކަކީ އަބަދުމެ ކަހަލަ ގޮތަކަށް މަކުނުދޫ އިރުމަތީ ފަރާތުން ފަރުގެ ކައިރިން އައިން ހަދާފައި ދަތުރުކުރާ ކޯމަސް ބައެކެވެ. މި ހިތްގައިމު މަންޒަރަކީ މި ރަށުގެ ގުދުރަތީ ރީތިކަން އިތުރުކޮށްދޭ، ބަލާލަން ފޫހިނުވާނެ ފަދަ އުފާވެރި މަންޒަރެކެވެ.
- ކޯމަހަކީ އިންސާނުން ފަދައިން ވަރަށް ތޫނުފިލި އަދި އިޖުތިމާއީ ގުޅުން ބަދަހި އެއްޗެކެވެ.
- މި ސޮރުމެން މުއާމަލާތް ކުރުމަށް ތަފާތު “ސިގްނަލް” ތަކާއި އަޑުތައް ބޭނުންކުރެއެވެ.
- ކޯމަސް ނިދާއިރު، އޭގެ ސިކުނޑީގެ އެއްބައި އަބަދުވެސް ހޭލާ ހުރެއެވެ. އެއީ ނޭވާލުމަށާއި ނުރައްކާތަކުން ސަލާމަތްވުމަށްޓަކައެވެ.
Golden hour settles over Makunudhoo , and the world slows just enough to notice the quiet poetry… ducks gliding across the still waters of the paree fengandu, leaving trails that shimmer like memories in the fading light. 🌅🦆
Where the sky melts into the waters , and every ripple feels like a story untold.
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
02160