Addana Magazine

Addana Magazine

Share

It is committed to delivering high-quality content that informs, educates, and entertains readers, while also aiming to raise public awareness of the critical role of the Maldives National Defence Force in providing humanitarian assistance during distress and emergencies. The magazine also plays a significant role in promoting social values and is widely utilized as an academic resource in various

ދަރަނި 39 ޑްރިލިއަނުން މަތީގައި: އެމެރިކާ، އެންމެ ބޮޑު އިގުތިސާދަށްވަނީ ކީއްވެ؟ - Addana 22/04/2026

އެމެރިކާއިން ފައިސާ ޗާޕުކުރަނީ ތަރައްޤީގެ މަޝްރޫޢުތަކަކަށް ނޫނެވެ. އާދެ، މަގުތައް ހަދާކަށް، ސްކޫލްތައް ރަނގަޅުކުރާކަށް ނުވަތަ އާއިލާތަކަށް އެހީވާކަށް ނޫނެވެ. އެއީ ކުރީގެ ދަރަނިތަކުގެ އިންޓަރެސްޓް ދައްކައި، ބަނގުރޫޓުވުން ފަސްކުރުމަށް ކުރާ ކަމެކެވެ. މިއީ އެމެރިކާގެ މިއަދުގެ ޙާލަތެވެ.

ދަރަނި 39 ޑްރިލިއަނުން މަތީގައި: އެމެރިކާ، އެންމެ ބޮޑު އިގުތިސާދަށްވަނީ ކީއްވެ؟ - Addana މިއަދުގެ ދުނިޔޭގައި އިޤްތިޞާދީ ގޮތުން އެންމެ ބާރުގަދަ ޤައުމުގެ ގޮތުގައި ބެލެވޭ އެމެރިކާ މިވަނީ ނުރައްކާތެރި މާލީ ފައްތަރެއްގައެވެ. އެމެރިކާގެ ޤައުމީ ދަރަނި 39 ޓ....

ފިނިހަނގުރާމައާއި ސޯވިއެޓުންގެ ނިމުން - Addana 11/11/2025

އެމެރިކާއިން އުފެއްދި އެޓޮމިކް ބޮމަށް ފަހު، ފުރަތަމަ ފަހަރަށް, ސޯވިއެޓް ޔޫނިއަނުން 1949ވަނަ އަހަރު އަމިއްލައަށް އެޓޮމިކް ބޮމެއް އުފެއްދިއެވެ. އޭގެފަހުން ހަތިޔާރު އުފެއްދުމުގެ ރޭސް ދެ ބާރުގެ ދެމެދުގައި ވަރަށް ބޮޑަށް ވަރުގަދަވެ ފުޅާވެގެން ދިޔައެވެ. އެ ވާދަވެރިކަމުގައި އެމެރިކާއިން ހައިޑްރޯޖަން ބޮން ފަދަ ވަރުގަދަ ހަތިޔާރުތައް އުފައްދަން ފެށިއެވެ. އޭގެ ފަހަތުން، ސޯވިއެޓުން ވެސް އެފަދަ އެއްވަރުގެ ހަތިޔާރުތައް އުފައްދަން ފެށިއެވެ. މި ވާދަވެރިކަމުގެ ސަބަބުން، ނިއުކްލިއާ ޓެކްނޮލޮޖީގެ ހަލުވި ކުރިއެރުންތަކެއް ލިބެން ފެށިއެވެ. ދެ ފަރާތުން ވެސް މަސައްކަތްކުރަމުން ދިޔައީ ދުވަހެއްދުވަހަކަށް ނިއުކްލިއާ ވޯހެޑްތައް އުފައްދައި އޭގެ ތަޖުރިބާތައް ކޮށް، އެއް ބަޔަކަށް ވުރެ އަނެއް ބަޔަކު އަސްކަރީގޮތުން މޮޅުވުމަށެވެ. މިގޮތުން، ހަތިޔާރު އުފެއްދުން ފުޅާވެގެން ދިޔަ މިންވަރަކީ، ދެ ފަރާތަށް ވެސް އެއް ބަޔަކު އަނެއް ބަޔަކު މުޅިން ނައްތާލުމުގެ ނުރައްކާތެރި ގާބިލުކަން ލިބިގެން ދިޔުމެވެ.

ފިނިހަނގުރާމައާއި ސޯވިއެޓުންގެ ނިމުން - Addana ފިނިހަނގުރާމައަކީ، ދެ ސްޕަރޕަވަރުންގެ މެދުގައި ހިނގި ޖިއޯޕޮލިޓިކަލް ހަމަނުޖެހުންތަކުގެ ދުވަސްވަރަށް ނިސްބަތްކުރާ ފިކުރީ، ސިޔާސީ، އަދި އަސްކަރީ ވާދަވެރި ރޭހެކ...

ޕާލް ހާބަރ 1941 - Addana 11/11/2025

ޖަޕާނުން ކުރިއަށްގެންދިޔަ މި ހަމަލާގައި ދެ ގަޑިއިރުގެ ތެރޭގައި ޕާލް ހާބަރގައި ގާއިމުކޮށްފައިވާ ޕެސިފިކް ފްލީޓްގެ އެއަރބޭސް ފަނާކޮށްލިއެވެ. މި ހަމަލާގައި ބޮޑެތި ގެއްލުންތަކެއް އެ އަސްކަރީ މަރުކަޒަށް ލިބުނެވެ. އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރުތައް ހަލާލުކޮށްލިއެވެ. އެ މަރުކަޒުގެ އެއަރފީލްޑްތައް ހަލާކުކޮށްލިއެވެ. އެމެރިކާގެ ދެހާހަށް ވުރެ ގިނަ މީހުން މަރުވިއެވެ.

މި ހަމަލާ ވެގެންދިޔައީ އެމެރިކާއަށާއި އަދި ދުނިޔެއަށް ސިހުން ގެނުވި، ދެވަނަ ބޮޑުހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަނުމަށް މަޖުބޫރުކުރުވި އެއް ސަބަބު ކަމުގައެވެ. ދުނިޔޭގެ އަސްކަރީ ބާރުވެރިކަމަށް މި ހަމަލާގެ ސަބަބުން ބޮޑެތި އަސަރުތަކެއްކުރުވިއެވެ. ދުނިޔޭގެ ”ޕަވަރ އޮފް ބެލެންސް“ އަލުން ބައްޓަންކުރުމަށް މަގުފަހިކުރުވިއެވެ.

ޕާލް ހާބަރ 1941 - Addana 1941ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 7ވަނަ ދުވަހަކީ ދުނިޔޭގެ އަސްކަރީ ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެކެވެ. އެ ދުވަހަކީ، ޖަޕާނުން އެމެރިކާގެ ހަވާއީގައި ހުރި ކަނޑު....

ގައުމު ދެކެ ލޯބިވާ ބަޔަކު ބިނާކުރުމަށް، ދިވެހި ތާރީޚު ކިޔަވަދޭން ޖެހެއެވެ. - Addana 09/11/2025

ގައުމުދެކެ ލޯބިވާ ބަޔަކު ބިނާކުރުމަކީ ކޮންމެ ގައުމެއްގެ ކުރިމަގަށް ވެސް ކޮންމެހެން ކުރަންޖެހޭ ހޭދައެކެވެ. މިކަން ކުރުމަށް ޓަކައި، ގައުމީ ލޯބީގެ ހުޅުކޮޅު ޒުވާން ހިތްތަކުގައި ރޯކުރަންޖެހެއެވެ. ތިމާއަކީ ކާކުކަން ތިމާއަށް ބުނެދޭން ޖެހެއެވެ. ގައުމުގެ ކޮންމެ ފަރުދަކަށް ވެސް ތިމާއާއި ގައުމާ އޮތް ގުޅުން ބުނެދީ ދަސްކޮށްދޭން ޖެހެއެވެ. އެކަމަށް ޓަކައި ގައުމުގެ ތާރީޚާއި، ސަގާފަތުގެ މުއްސަނދިކަން ކިޔަވައިދިނުމަކީ އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު ވަސީލަތެވެ. މި ގައުމުގެ ދިރިއޮތުމާއި ރައްކާތެރިކަން ގުޅިފައިވަނީ، ގައުމުގެ ތާރީޚުން ހިތްތައް އަލިކޮށްދީގެންކަން ކަށަވަރެވެ. ގައުމަށް ޚިދުމަތްކުރުމަށް ތައްޔާރުވެފައިވާ ޖީލެއް އުފެއްދޭނީ އޭރުންނެވެ. ގައުމުގެ ދިފާޢުގައި ސާބިތުކަމާ އެކު ނުކުންނާނީ މި ބޭސް ދީގެންނެވެ. އޭރުން އަމިއްލަ އެދުމުގެ ކުރިއަށް ގައުމު އިސްކުރާނެއެވެ. ތިމާގެ ނަފުސަށް ލިބޭ އަރާމަށް ޓަކައި ގައުމު ވިއްކައެއް ނުލާނެއެވެ. މި ބިމުން އެންމެ ވެލިފުކެއްގެ މިންވަރު ވެސް އެހެން މީހަކު ނުޙައްޤުން ގެންދާކަށް ޖާގައެއް ނުދޭނެއެވެ.

ގައުމު ދެކެ ލޯބިވާ ބަޔަކު ބިނާކުރުމަށް، ދިވެހި ތާރީޚު ކިޔަވަދޭން ޖެހެއެވެ. - Addana ލޯތްބަކީ ހިތުގައި އުފެދޭ ޖަޒުބާތެކެވެ. މީގެ އަސަރުތައް ކުރިލައި ވަރުގަދަ ވަނީ ސަބަބުތަކެއް އޮވެގެންނެވެ. ހިތް އެދޭ ކަންތައްތަކެއް ހުރެގެންނެވެ. މައިވަންތަ ލޯތް....

06/11/2025

ގައުމު ދެކެ ފިސާރި ލޯބިވާ މީހެއްގެ ހިތުގައި ގައުމު ވާނީ އޭނާގެ ދިރިއުޅުމުގެ އެއް ބައި ކަމުގައެވެ. އެފަދަ މީހަކަށް، ގައުމަކީ ހަމައެކަނި ބިމެއް ނުވަތަ ވަށައިގެންވާ ކަނޑެއް ނޫނެވެ. އެއީ އޭނާގެ އުފަންވުމާއި، ބޮޑުވުމާއި، ދިރިއުޅުމުގެ ކޮންމެ ހިނދެއްމެ ގުޅިފައިވާ މާހައުލެކެވެ. ގައުމަށް ލިބޭ ކޮންމެ ކާމިޔާބީއަކީ އެ ހިތަށް ލިބޭ އުފާވެރިކަމެކެވެ. ތަސައްލީއާއި ހަމަޖެހުން ގެނުވައިދޭ ކަމެކެވެ. ގައުމަށް ލިބޭ ދެރައަކީ އެ ހިތް އެކަމާ މެދު ގިސްލާނޭ ކަމެކެވެ. ގައުމީ ދިދަ މިނިވަންކަން މަތީ ވިހުރުވޭތަން ފެންނަ ހިނދު އުފާވެރިކަން އިންތިހާއަށް އިހުސާސް ކުރެވޭނެއެވެ. ގައުމީސަލާން އަޑު އިވޭ ހިނދު ހިތުގެ ވިންދު އަވަސްވެ، ހަށިގަނޑުގައި ހިނގާ ލޭ ކެކިގެން ދެއެވެ. މިއީ މައިންބަފައިންނާއި ދަރިންގެ ދެމެދުގައި ވާ ފަދަ ލޯތްބަކާއި ގަދަރެކެވެ.

https://addana.mv/5627

Want your business to be the top-listed Media Company in Male?
Click here to claim your Sponsored Listing.

Category

Address

Maldives National Defence Force
Male
23000